ލިޔުއްވީ: އައްޝައިޚް މުޙައްމަދު
ޒަމަޚްޝަރީ ވިދާޅުވެފައިވެއެވެ. “އަހަރެން ކުޑައިރު ފެންފޯއް ދޫންޏަކާއި ކުޅެން ހުރީމެވެ. އެހެން އުޅުމުގެ ތެރޭގައި އަހަރެން ފަށަކުން އެ ދޫނީގެ ފައި ބުރިކޮށްލީމެވެ. އެކަމާއި އައި ރުޅީގައި މަންމަ ބުންޏެވެ. “ﷲ ކަލޭގެ ފައި ބުރިކޮށްލާށެވެ.” އަހަރެން ބޮޑުވި ފަހުން އަހަރެންގެ ފަޔަށް ބައްޔެއްޖެހި ފައި ބުރިކޮށްލަންޖެހުނެވެ. އެހެންކަމުން ދަރިންގެ މައްޗަށް ބަދު ދުޢާނުކުރާށެވެ. އަދި ދަރިންވެސް މައިންބަފައިންގެ ބަދު ދުޢާއަށް ހުށައެޅިދާފަދަ އެންމެހާ ކަމަކުން ދުރުހެލިވާށެވެ.
* ޒަމަޚްޝަރީ އަކީ މުފައްސިރެކެވެ.
މައިންބަފައިން ރުޅިއަންނަ ކަމެއް ދަރީންގެ ފަރާތުން ދިމާވާ ހިނދު، ދަރީންނަށް ބަދު ދުޢާކުރުމަކީ ގިނަ މައިންބަފައިންނަށް ކުރެވޭ ކުށެކެވެ. ކުރަންވީ ކަމަކީ ދަރީންނަށް ހިދާޔަތު ދެއްކެވުމަށާއި ދަރީން އިޞްލާޙްކޮށްދެއްވުމަށާއި ދަރީންނަށް ހެޔޮ ވިސްނުން ދެއްވުން އެދި ދުޢާކުރުމެވެ.
ނޯޓް: މިޔުމުގެ އަސްލު ނެގިފައި ވަނީ "އިލްމް.އެމްވީ" އިންނެވެ.