ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު މަގާމުން އިސްތިއުފާދެއްވައިފިއެވެ.

މިއަދު ހަވީރު އިސްތިއުފާ ދެއްވި ޒީނާ ޒާހިރަކީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 28ވަނަ ދުވަހު ޕީއެސްމެގެ އެމްޑީގެ މަގާމަށް އިސްކުރެވުނު އެންމެ ފުރަތަމަ ޕީއެސްއެމްގެ ތާރީޙުގައިވެސް އެމްޑީ ކަމުގެ މަޤާމަށް އައްޔަންކުރި ފުރަތަމަ އަންހެން މެނޭޖިންގ ޑިރެކްޓަރެވެ.

އަދި ޒީނާ ވަނީ 2006 ވަނަ އަހަރުން ފެށިގެން މީޑިއާ ދާއިރާގައި ގިނަ މަސައްކަތް ކުރައްވާފައިވާ އަދި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވާފައެވެ.

ނަމަވެސް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި މީޑިއާއަށް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.