ޕަބްލިކް ސަރވިސް މީޑިއާ، (ޕީއެސްއެމް)ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ، މުޙައްމަދު ސަޢީދު އައްޔަނުކުރައްވައިފިއެވެ.

މުހައްމަދު ސައީދު ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަނު ކުރެވުނީ ޕީއެސްއެމްގެ ކުރީގެ އެމްޑީ، ޒީނާ ޒާހިރުއެ މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. ޕީއެސްއެމް އިން ވިދާޅުވީ ސަޢީދު މި މަޤާމަށް އައްޔަނުކުރެއްވީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕްރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެދަށުން ކަަމަށެވެ.

ސައީދަކީ 1989 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި މަގާމު ތަކުގައި ގައުމަށް ހިދުމަތް ކުރަމުންއައި ބޭފުޅެކެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކްޓްރީކަމާއި ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. މީގެއިތުރުން މުޙައްމަދު ސަޢީދު ވަނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ބޯލްޓަންއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ. މުހައްމަދު ސަޢީދުގެ ވަނީ މީޑިއާ ދާއިރާއިންވެސް ތަޢުލީމު ހާސިލުކުރައްވާފައެވެ. އެގޮތުން ޔޫކޭ ލަންޑަން، މީޑިއާ ޕްރޮޑަކްޝަން ސަރވިސްގައި، ޑިޕްލޮމާ އިން އެޑްވާންސް ޓެލެވިޜަން ޕޮރޮޑަކްޝަން އެންޑް ޑިރެކްޝަން ޓެކްނީކްސް ކޯސް ފުރިހަމަކުރައްވާފައިވެއެވެ.