އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ފުވައްމުލަކު ސްކޫލުގެ ދަރިވަރުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ސްކޫލްގެ ޕްރީ ކަބް އަދި ކަބް ސްކައުޓް ދަރިވަރުންނަށް މިއަދު ކުރިއަށްގެންދިޔަ މި ސެޝަންގައި އެ ސްކޫލުގެ 25 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.

އަދި މި ސެޝަންގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މުހިންމު މައުލޫމާތުތައް ހިމެނޭ ކަމަށާއި އަދި، މި ސެޝަންގައި އަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ އުނގަންނައިދީފައިވާ ކަމަށްވެސް އެ ފަރާތުން ބުންޏެވެ.

މި ސެޝަންގައި ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދީފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުންނެވެ.