ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދާ ކަމަށް މިއަދު ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާނު ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ވަނީ ބަންދުގައި ބަހައްޓައިގެން 2024 އޮގަސްޓް 25 ވަނަ ދުވަހުގެ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައެވެ. ކްރިމިނަލް ކޯޓުން އެ މީހާ ހޯދުމަށް އަމުރު ނެރެފައިވަނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެންނެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ ސ. ހުޅުދޫ / އިރަމާގެ، ޙުސައިން ޒައިދާން ޢަލީ (24އ) އެވެ. ޒައިދާން ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ދަނީ ކުރަމުންނެވެ.
ޙުސައިން ޒައިދާން ޢަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.