ބެންކް އޮފް މޯލްޑިވްސް އިން ޑޮލަރުގެ ހިދުމަތް ކަނޑާލީ އިތުރު ގޮތެއް ނެތިގެން ކަމަށް ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު އަޒާން ވިދާލުވެއްޖެއެވެ.
އަޒާން މިފަދައިން ވިދާޅުވެފައިވަނީ މިއަދު އަޒާންގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަޒާން ވިދާޅުވީ ބީއެމްއެލްއިން ޑޮލަރު މުއާމަލާތްތައް ވަގުތީގޮތުން މެދުކަނޑާލީ ބޭންކަށް ޑޮލަރު ނުލިބޭތީ ކަމަށާއި، ނުލިބޭ އެއްޗެއް ދެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި މިކަމުގެ ދަތިކަން އެތައް ބަޔަކަށް ކުރިމަތި ވި ނަމަވެސް، ސަރުކާރުން އިތުރު އެހެން ގޮތެއް އޮތް ނަމަ މިހެންނެއް ނަހައްދަވާނެ ކަމަށެވެ.
"ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އިތުރު އޮޕްޝަނެއް އޮތް ނަމަ ބޭންކުގެ މައި ހިއްސާދާރުކަމަށްވާ ސަރުކާރުން މިކަން މިގޮތަށް ނުކުރާނެކަން. ބޭންކަށް ޑޮލަރު ގަންނަނީ މަރުކަޒީ ބޭންކުން" އަޒާން ވިދާޅުވިއެވެ.
މީގެއިތުރުން އަޒާން ވަނީ މަރުކަޒީ ބެންކުން ރާއްޖެއިން މިވަގުތު ކުރަމުން އަންނަ ކަންކަން ފާހަގަ ކޮށްދެއްވާފައެވެ. މިގޮތުން ރާއްޖެއަށް ލިބޭ ޑޮލަރުން ބޭރުގެ ދަރަނި ދެއްކުމާއި، ރާއްޖެއަށް ބޭނުންވާ ތެޔޮގަތުން އަދި ބޭންކުތަކަށް ޑޮލަރު ދޫކުރުން ހިމިއެނެވެ.
މީގެއިތުރުން އަޒާން ވިދާޅުވީ އޯގަސްޓު/ސެޕްޓެމްބަރު މަހަކީ ރެކޯޑު އަދަދަކަށް ބޭރުގެ ދަރަނި އަދާކުރަންޖެހޭ 2 މަސް ކަމަށާާއި، ޑޮލަރުގެ ތާށިކަން ބޮޑުވި އެއް ސަބަބަކީ މިއީ ކަމަށެވެ. ލިމިޓެޑް އަދަދަކަށް ރިޒާވްގައި ޑޮލަރުހުރި އިރު, އެންމެ ބޮޑު އިސްކަމެއް ދެނީ ދަރަނި އަދާކުރުމަށާ ތެލަށް ފައިސާ ދެއްން ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.
އަޒާޏް ވިދާޅުވީ މިއަހަރުގެ ނޮވެމްބަރުން ފަށައިގެން ޑޮލަރުގެ ރިޒާވް ރަނގަޅުވާން ފަށާނެ ކަމަށެވެ. އަދި މިހާލަތުން އަރައިގަނެ ޑޮލަރު މުއާމަލާތް ސަސްޕެންޑު ކުރެވިފައި އޮތް އޮތުން ނިމުމަކަށް އަންނާނެކަމަށް ވެސް އަޒާޏް ވިޑާޅުވިއެވެ.
ނޫން. އަޒާން. ތިހެން ެއްނޫން. ގަބޫލުކުރަންޖެހޭހަގީގަތަކީ އަޒާން އުތުރުތިލަފަޅުގަބައިތިއްބާފަތިބި ބޭރު ގައުމެއްގެ ސިފައިންނަށް އަޒާން ޑޮލަރު ދޭން ބޭނުނެްވަނީ.
ހަމައެއް ލަމައެް ނެތް ސަރުކާރެއް މީ ޤަބޫލު ކުރިޔަސް ނުކުރިޔަސް
ޢިންޑިއާ އައުޓްއޭ ކިޔާފަ ވެރިކަމަށް އައިސްފަ މިހާރު މި ފެންނަނީ ނޭވާ ނުލާ ސަރުކާރު ދިފާއު ކުރުމުގައި އުޅޭތަން. ލަދު!
ގޮތްހުސްވީމައި އެއްމެންގެސަލާމަތައްޓަކައި ސަރުކާރުއިސްތިައުފާދޭންޖެހޭ