ސެޕްޓެންބަރު 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

އެމަނިކުދާނު އެ ދުވަސް ބަންދުދު ވަހެއްގެ ގޮތުގައި ހަމަޖެއްސެވީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެންނެވެ.

މިކަން އިއުލާނު ކުރައްވާފައި ވަނީ ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައެވެ.