ގދ. ގައްދޫގައި ކުޑަކުއްޖަކަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއްގައި ތުހުމަތުކުރެވޭ އަންހެނަކު ތަހުގީގަށް ހާޒިރުކުރުމަށް ހޯދަން އިއުލާން ކޮށްފިއެވެ.

މި މަައްސަލައިގައި ފުލުހުން ހޯދަމުންދަނީ 25 އަހަރުގެ ޝަފުރާ ޢަބްދުﷲ އާދަމް (ގދ. ގައްދޫ / ދިލާވަރުގެ) އެވެ.

ފުލުހުން ވަނީ އޭނާ ދިރިއުޅޭ ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޝަފުރާގެ ފޮޓޯ އާންމުކޮށް އިއުލާނުކޮށްފައެވެ.

ފުލުހުންގެ މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ އަންނަ މަހު 2 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ގދ. ގައްދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށެވެ.