ކުރެންދޫގައި ހުންނަ ޅ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ލީޑަރޝިޕް ކޭންޕެއް ބާއްވައިފިއެވެ.

އޮގަސްޓު 24 ވަނަ ދުވަހު މި ކޭންޕު ކުރިއަށް ގެންގޮސްފައިވަނީ ކުރެންދޫ ޕޮލިސް ސްޓޭޝަނާއި ޅ. އަތޮޅު މަދަރުސާ އަދި ކުރެންދޫ ކައުންސިލު ގުޅިގެންނެވެ. މި ކޭންޕުގައި، ފަސްޓް އެއިޑް، ފިޒިކަލް ޓްރެއިނިންގ، ޓައިމް މެނޭޖްމަންޓް، އެންގަރމެނޭޖްމަންޓް އަދި ލީޑަރޝިޕް ސްކިލްސް ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން، އަމިއްލަ ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމާއި އެކަމުގެ ހުނަރުތައް އަދި ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ޓީމް ބިލްޑިންގ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އިސްލާމްދީނުގެ ރިވެތި އުސޫލުތަކާ އެއްގޮތަށް ދިރިއުޅުމަށާއި ސްކޫލުގެ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ.