މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސަކަތް ކުރުމަށް ހޭލުންތެރި ކުރުމަށް، ގދ. ފިޔޯރީގައި ސެޝަނެއް ބާއްވައިފިއެވެ.

ހޯމް މިނިސްޓްރީއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ މި ސެޝަނުގައި މަސްތުވާތަކެތިން ލިބޭ ގެއްލުން ތަކާއި، މިފަދަ ތަކެއްޗަށް ދެވިހިފަން މެދުވެރިވާ ސަބަބުތަށް ވަނީ ކިޔައިދެއްވާފައެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް މަސައްކަތްކުރާނެ ގޮތްތަކުގެ މައުލޫމާތު ވެސް މި ސެޝަނުގައި ވަނީ ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ މީހާ އެކަމުން ސަލާމަތްކުރުމަށް އާއިލާ އާއި މުޖުތަމައުގެ ފަރާތުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ފިޔޯރީ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ނެޝަނަލް ޑްރަގް އެޖެންސީއާއި ރަށު ކައުންސިލާއި އެރަށު ގިރިންދާ ޖަމުއިއްޔާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި ސެޝަނުގައި ފުލުހުންނާއި ރަށުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން ހިމެނޭހެން 25 މީހުން ބައިވެރިވިއެވެ.