ފޭސް 3 ގައި ހުރި ރެނާޓާސްގެ އާރުއޯ ޕްލާންޓް ހައުސްގައި އަލިފާން ރޯވެއްޖެއެވެ.

މި އަލިފާޏުގެ ހާދިސާގެ އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 15:32 ހާއިރުއެވެ. އެމްއެންޑީއެފުން ފަޔަރ އެންޑް ރެސްކިއު ޑިޕާޓުމަންޓުން ވަނީ ރިޕޯޓު ލިބުމާއެކު އެ ސަރަހައްދަށް ގޮސް އަލިފާންގަނޑު ކޮންޓްރޯލު ކުރުމަށް މަސައްކަތް ކޮށްފައެވެ. އެމްއެންޑީއެފުން ބުނެފައިވަނީ މި އަލިފާންގަނޑު ކޮންޓްރޯލު ކުރެވުނީ 16:36 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ. އެ ޕްލާންޓް ހައުސްގައި އަލިފާން ރޯވުމަށް މެދުވެރިވި ސަބަބު އެމްއެންޑީއެފުން މީޑިއާއަށް ހާމަ ކޮށްފައެއް ނުވެއެވެ.