ރަޝިޔާއިން ޔުކްރެއިނަށް އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

މިހަމަލާތަކުގައި މަދުވެގެން 4 މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި ކްރިވީ ރިހް ގައި ހުރި ހޮޓަލަކަށް މިސައިލް ހަމަލާއެއްގައި މަރުވި 2 މީހުންނާއި ޒަޕޮރިޒިއާ ސަރަހައްދުގައި ޑްރޯން ހަމަލާއަކުން މަރުވި 2 މީހުން ހިމެނެއެވެ. ޔުކްރެއިން ސިފައިން ބުނާ ގޮތުގައި 5 މިސައިލާއި 60 ޑްރޯން ވައްޓާލެވިފައިވެއެވެ. ނަމަވެސް ކީވް، ލްވިވް އަދި އޮޑެސާ ފަދަ ގިނަ ސަރަހައްދުތަކުގައި ކަރަންޓުގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފުޅާ ދާއިރާއެއްގައި ކަރަންޓު ކެނޑިފައިވެއެވެ.

ރަޝިއާގެ ދިފާޢީ މިނިސްޓްރީއިން ޔުކްރެއިންގެ ކަރަންޓު ވިއުގައަށް އަމާޒުކޮށް ދުރު ރާސްތާއިން ދަތުރުކުރެވޭ ވައިގެ އަދި ކަނޑުގެ ޕްރެސިޝަން ހަތިޔާރުތައް ބޭނުންކުރިއެވެ. މި ހަމަލާތައް އައިސްފައިވަނީ ފަހަކަށްއައިސް ޔުކްރެއިން ރަޝިއާގެ ކުރްސްކް ސަރަޙައްދުގައި ބާރުވެރިކަން ހިފާފައިވުމާ ގުޅިގެން މޮސްކޯއިން އަލުން ކޮންޓްރޯލް ހޯދަން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ ޔުކްރެއިނަށް ރަޝިއާގެ އެތެރެއަށް ފުންކޮށް ހަމަލާދިނުމުގެ ހުއްދަދިނުމަށް ހުޅަނގުގެ އެކުވެރިންނަށް ގޮވާލާފައިވެއެވެ، އަދި އެއީ ފުރާނަތައް ރައްކާތެރިކުރުމަށް ކުރެވެން އޮތް ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި ޔޫކޭގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ މި ހަމަލާތައް ކުށްވެރިކުރައްވައި، ޔުކްރެއިނަށް އެހީތެރިކަން ދެމުންގެންދާނެކަމަށް ވަޢުދުވެވަޑައިގެންފައިވެއެވެ.