ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުން ވައްކަން ކޮށްފައިވާ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ދިވެހިންގެ ފުލުހުން ގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ވަނީ މިކަން ހާމަކޮށްފައިވަނީ އެ ހިދުމަތުގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައެވެ.
ފުލުހުން ބުނީ މިދޔަ އަންގާރަގެ ރޭގެވަގުތެއްގައި ރިޕޯޓްކުރި މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދީ ސީސީޓިވީ ފުޓޭޖު ބަލައި ތަކެތި ގެންދިޔަ ތަނެއް ދެނެގަނެ، ފުލުހުން ކުރި މަސައްކަތުން އެ ތަކެތި ހޯދާފައިވާ ކަމަށެވެ.
މީގެއިތުރުން ފުލުހން ބުނީ އެ ސްކޫލުން ވަގަށް ނަގައިފައިވަނީ ދެ ލެޕްޓޮޕް ކަމަށެވެ. އަދި އެ ދެ ލެޕްޓޮޕް ފުލުހުން ހޯދުނީ މީހަކަށް ވިއްކާލާފައި ވަނިކޮށް މިރޭގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށާއި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންކަމަށެވެ.