ހުޅުމާލޭ ފޭސް 2ގައި ހުންނަ ހިޔާ ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

އެޗްޑީސީން މިހެން ބުނީ މިއަދު އެ ކޯޕަރޭޝަންގެ ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި އާންމުކުރި ވީޑިއޯ ކްލިޕެއްގައެެވެ.

މި ކްލިފްގައި އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް ޑިރެކްޓަރު ހަސަން ޝަހީދު ވިދާޅުވެފައިވަނީ ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި މި ލިފްޓްތަކަކީ ޖާގަ ތަނަވަސް ލިފްޓްތަކެއްކަމަށާއި ފަނަރަ މީހުންގެ ޖާގައިގެ މި ލިފްޓްތަކުގައި ބަލިމީހުން ސްޓްރެޗަރުގައި އެރުވޭނެ ޖާގަ ހުންނާނެކަމަށެވެ.

މީގެއިތުރުން މި ލިފްޓްތަކުގެ ފްލޯ ނަންބަރުތައް ވަނީ ބްރެއިލްއިން އެންގްރޭވްކުރެވިފައ ކަމަށާއި އެހެންކަމުން ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އެހެން ފަރާތެއްގެ އެހީތެރިކަމާ ނުލައި ލިފްޓްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.

ހައެއާއެއަކު ޝާހިދު ވިދާޅުވީ ހިޔާގެ 16 ޓަވަރުގެ ތެރެއިން 13 ޓަވަރެއްގައި ޢަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި، ބާކީ އޮތް ތިން ޓަވަރުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށާއި މުޅި ޕްރޮޖެކްޓް އަންނަ އަހަރުގެ ތެރޭގައި ނިމި، ހިޔާ ފްލެޓްގެ ރައްޔިތުންނަށް އައު ލިފްޓްތައް ބޭނުންކުރެވެން ފެށޭނެ ކަމަށެވެ.

ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކޮށްދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެއް ކަމެވެ.