އޯގަސްޓް ކުށްމަދު ވެއްޓެއް ބިނާކުރުމަށް ބެލެނިވެރިންގެ ޒިންމާގެ ނަމުގައި ޅ. ކުރެންދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތުދީ ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަސް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ކުރެންދޫގައި މަސައްކަތްކުރާ ފުލުހުންނާއި ކުރެންދޫ ކައުންސިލް އިދާރާ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން މި މަހު 26 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި، އާންމުކޮށް މުޖުތަމައުގައި ހިނގާ ކުށްތަކުގައި ކުޑަކުދިން ރައްކާތެރިކޮށް ކުށުގެ ވެއްޓަށް ހުށަހެޅުނަ ނުދިނުމަށް ބެލެނިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

އެގޮތުން، ރަނގަޅު ބެލެނިވެރިޔަކަށްވުމަށް ބެލެނިވެރިޔާގެ ކިބައިގައި ހުންނަޖެހޭ ސިފަތަކާ އަދި ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ކުށުގެ ވެށިން ދަރިން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ބެލެނިވެރިޔާގެ ދައުރަކީ ކޮބައިކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން، ދަރީންނަށް އަބަދުވެސް ހެޔޮ ނަސޭހަތްދިނުމަށާއި ދަރީން ރަހުމަތްތެރީންގެ ގޮތުގައި ގެންގުޅެނީ ކޮންކަހަލަ ކުދިންނެއްކަން ދެނެގަތުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި އަދި ކުށަކަށް މަގުފަހިވާނެފަދަ އެއްވެސް ވިޔަފާރިއެއް ކުދިން މެދުވެރިކޮށް ނުކުރުމަށާއި ރޭގަނޑުގެ ވަގުތުތަކުގައި ބޭކާރު ގޮތުގައި ދަރީން މަގުމައްޗަށް ދޫކޮށްނުލުމަށާއި އިންޓަނެޓް މެދުވެރިކޮށް ދަރީންކުރާ ކަންކަން ގާތުން ބަލައި މޮނިޓަރ ކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.