މޯލްޑިވްސް އިމިގްރޭޝަނުގެ "އިމިގްރޭޝަން ވޮޗް" އަށް ހުށައަޅާފައިވާ 396 މައްސަލަ ބަލަން ފަށައިފި ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އިމިްގރޭޝަނުން ބުނެފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އިމިގްރޭޝަން ވޮޗް މެދުވެރިކޮށް އެ އިދާރާއަށް 473 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 369 މައްސަލަ އަންނަނީ ބަލަމުން ކަމަށެވެ. އަދި ވެރިފައި ކުރަމުންދާ މައްސަލަތަކުގެ އަދަދު 82 އަށް އަރާ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ. އިދާރާއާ ނުގުޅޭ މައްސަލަތަކާ ގުޅޭގޮތުން 22 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

"އިމިގްރޭޝަން ވޮޗް" އަކީ އިމިގްރޭޝަނުން އެ އިދާރާއާއި ބެހޭ މައްސަލަތައް ހުށައެޅުމަށް އާއްމުންނަށް ހަދާފައިވާ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފު އިފްތިތާހު ކޮށްފައިވަނީ ޖުލައި 17 ވަނަ ދުވަހުއެވެ. އެގޮތުން، މި ޕްލެޓްފޯމުން ކޮންމެ ފަރާތަަކަށްވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެއެވެ. ނޫނީ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުވެސް ހިއްސާ ކުރެވޭނެއެވެ.