އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ތިބި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ 30 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްލައިފިއެވެ.

އިމިގްރޭޝަނިންވަނީ މިކަން ހާމަކުރައްވާ ރޭ 'އެކްސް' ގައި ޕޯސްޓެއް ކުރައްވާ ފައެވެ.

މި ޕޯސްޓްގައި ބުނެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާމުލުމުގެ މަރުހަލާގެ ދަށުން 30 އަށް ވުރެ ގިނަ ބިދޭސީން އިއްޔެ ވަނީ ޑީޕޯޓްކޮށްފައި ކަމަށެވެ. އަދި މި ފިޔަވަޅުގެ ސަބަބުން އިމިގްރޭޝަންގެ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމަށް ކުރަމުންދާ ކަން ހާމަވެގެންދާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އަދި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީން ވެސް ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ބޮޑުވެ، އެ މައްސަލަތައް ހައްލު ކުރުމަށް ގަވައިދާ ހިލާފަށް އުލޭ ބިދޭސީންނާއި ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ތަންތަން ފާސްކުރަން ފެށީ މިއަހަރު މެދުތެރޭގައެވެ. އެއާއެކު ގިނަ ތަންތަން ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް އަދި ޑީޕޯޓްކޮށްލާފައެވެ.