ޓެކްސީ ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދަކަށް ނޫނީ ޓެކްސީ ލައިސަންސް ދޫނުކުރާ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ޤަވައިދަށް ބަދަލު ގެނެސްފިއެވެ.

ޓެކްސީ ސެންޓަރުގައި ރަޖިސްޓްރީ ނުކުރިނަމަވެސް، ޓެކްސީ ލައިސަންސް އެކަމަށް އެދޭ އުޅަނދުތަކަށް ދޫކުރަން ސަރުކާރުން ނިންމައި ޤަވައިދަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށެވެ. އޭގެ ކުރިން ޓެކްސީ ލައިސަންސް ދޫކުރަމުން ދިޔައީ ޓެކްސީ ސެންޓަރުގައި ރަޖިސްޓްރީ ކުރުމުންނެވެ.

ޓެކްސީ ގަވާއިދުގެ ދަށުން ޓެކްސީ ލައިސަންސް ދޫކުރާނީ އަހަރީ ފީ ދައްކައި، ރޯޑުވާދިނަސް މިންގަނޑަށް ފެތޭ އުޅަނދަކަށެވެ. އަދި ތަރޑް ޕާޓީ އިންޝުއަރެންސްވެސްް މީގެ ތެރޭގައި ހިމެނެން ޖެހެއެވެ.