ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ރޭ ރާއްޖެ ވަޑައިގެންފިއެވެ.

ދެ ދުވަހަށް ކުރެއްވި މި ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ރައީސާއި އެމަނިކުފާނު އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.

މީގެއިތުރުތުން މި ދަތުރުފުޅާ ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ ރޭ ޕީއެންސީ ޖަގަަހައިގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ މެޑިކަލް ޗެކްއަޕަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރައިވަޑައިގަތީ މިމަހު 26 ގައެވެ.