‎ގައުމީ މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ތަހުނިޔާ ވިދާޅުވީ މި ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން މީސް މީޑިއާގެ މަންސައެއް ކަމުގައިވާ އެކްސް މެދުވެރިކުރައްވައި، ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

‎ރައީސްގެ ޕޯސްޓުގައި އާރުލާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް، ކޮންމެ މާމައަކާއި ކާފައެއްގެ ނަސޭހަތާއި މަގުދެއްކުން ދިވެހި ގައުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވާފައިވެއެވެ.

‎ގައުމީ މާމަ، ކާފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހެވެ. ގައުމީ މާމަ، ކާފައިންގެ ދުވަހެއް ކަނޑައަޅައި އެދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދޮށީ އުމުރުގެ މީހުން ގައުމަށާއި އެމީހުންގެ އާއިލާއަށް ކޮށްދެއްވާ ހިދުމަތްތައް ފާހަގަކޮށް އެމީހުންގެ އަގު ވަޒަންކުރުމެވެ.