އިންޑިޔާގެ އެން.ޔޫ ހޮސްޕިޓަލުން ބޮޑު ޖަލްސާއަކާއެކު އެ ހޮސްޕިޓަލުގެ ސިލްވަރ ޖުބިލީ ފާހަގަ ކޮށްފިއެވެ.

މި ޖަލްސާގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އިންފޯސިސް ފައުންޑޭޝަންގެ ބާނީ، މަޝްހޫރު މުސައްނިފު، ޕިލެންތުރޮފިސްޓް، މަރުތީ ޓްރަސްޓްގެ ޗެއަރމަން އަދި މިހާރު އިންޑިއާގެ ޕާލިމެންޓުގެ މެންބަރުކަން ކުރައްވާ ޑރ. ސުދާ މަރުތީ އެވެ.

މި ޖަލްސާގައި ފާހަގަކުރީ އެންމެ މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހޮސްޕިޓަލުން 25 އަހަރު ދުވަހު ދެމެހެއްޓި މަސައްކަތެވެ.

އެން.ޔޫ ހޮސްޕިޓަލްސްގެ ޗެއަރމަން އަދި ސީނިއަރ ކޮންސަލްޓަންޓް ޔޫރޮލޮޖިސްޓް ޑރ. ވެންކަޓޭޝް ކްރިޝްނަމޫރުތީ އާއި މެނޭޖިންގ ޑިރެކްޓަރ އަދި ސީނިއަރ ކޮންސަލްޓަންޓް ޕީޑިއެޓްރިކް ޔޫރޮލޮޖިސްޓް ޑރ ޕްރަސަންނާ ވެންކަޓޭޝް އެމް.ކޭ ވާހަކަފުޅު ދައްކަވައި، ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ހޮސްޕިޓަލުގެ ކުރިއެރުމާއި ކާމިޔާބީތަކުގެ ވާހަކަތައް ހިއްސާކުރެއްވިއެވެ.

މި ޙަފްލާގައި އެން.ޔޫ ހޮސްޕިޓަލްގެ ޓީމުގެ ހިތްވަރާއި މަސައްކަތްތެރިކަން ފާހަގަކުރިއެވެ. މީގެ ތެރޭގައި ޑޮކްޓަރުންނާއި މުވައްޒަފުން ހިމެނެއެވެ. މި ފަރާތްތަކުގެ ހިއްސާ ވަނީ މި މުއައްސަސާގެ ކާމިޔާބީގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ޞިއްޙީ ދާއިރާގައި އެން.ޔޫ ހޮސްޕިޓަލްސްއިން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތާއި އީޖާދީ ކަންކަންވެސް ފާހަގަކުރެވުނެވެ.

ޑރ. މޫރްތީގެ ޙާޟިރުވުމުން މި މުނާސަބަތަށް ޚާއްޞަ ކުލައެއް ގެނުވައިދިނެވެ. މި ޙަފްލާ ނިންމާލެވުނީ މިދިޔަ އަހަރުތަކުގައި އެން.ޔޫ ހޮސްޕިޓަލާ ހަވާލުކޮށްގެން ފަރުވާ ހޯދި ބަލިމީހުންނާއި އެމީހުންގެ ޢާއިލާތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރުމާއެކުގައެވެ.

އެން.ޔޫ ހޮސްޕިޓަލުން މުސްތަޤުބަލަށް ބަލާއިރު، އެ ޓީމުން ދަނީ ފެންވަރު ރަނގަޅު ފަރުވާއާއި އޯގާތެރިކަމުގެ ތަރިކަ ދެމެހެއްޓުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން އަދިވެސް ގިނަ އަހަރުތަކަކަށް ކާމިޔާބީ ލިބި، މުޖުތަމަޢުއަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެކަން ކަށަވަރެވެ.

1999 ވަނަ އަހަރު އިންޑިޔާގެ ބެންގަލޯރުގައި ހުޅުވުނު އެންޔޫ (ނެފްރޮލޮޖޫ-ޔޫރޮލޮޖީ) ހޮސްޕިޓަލަކީ އިންޑިއާގެ ޑެޑިކޭޓެޑް ނެފްރޮލޮޖީ އެންޑް ޔޫރޮލޮޖީ ހޮސްޕިޓަލްތަކުގެ ޗެއިންއެކެވެ. ކިޑްނީ ކެއާއަށް ހާއްސަ ސުޕަ ސްޕެޝަލިޓީ ކުއަޓަނަރީ ކެއާ ހޮސްޕިޓަލެއްގެ ގޮތުގައި އުފެއްދި އެންޔޫ ހޮސްޕިޓަލްތައް ވަނީ ސްޕެޝަލިޓީގައި އެންއޭބީއެޗް (ނޭޝަނަލް އެކްރެޑިޓޭޝަން ބޯޑު ފޯ ހޮސްޕިޓަލްސް) އަދި އެންއޭބީއެލް (ނޭޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ޓެސްޓިންގ އެންޑް ކެލިބްރޭޝަން ލެބޯޓްރީސް) އެކްރެޑިޓްކޮށްފައެވެ.

ދިވެހިރާއްޖޭގައިވެސް އެން.ޔޫ ހޮސްޕިޓަލްސްއިން ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި އެ ހޮސްޕިޓަލުގެ ގޮތްޕެއް ހުޅުވާފައެވެ.

އިންޑިޔާއަކީ ދުނިޔޭގެ ޞިއްޙީ ޚިދުމަތުގެ ހަބެއްގެ ގޮތުގައި ކުރިއަރަމުން އަންނައިރު، އެންޔޫ ހޮސްޕިޓަލްފަދަ މުއައްސަސާތަކުން އެޤައުމުގެ މުސްތަޤްބަލް ބައްޓަންކޮށް، އެންމެންނަށް ޚާއްޞަ އަދި ހަމަހަމަ ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ.