ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް، ކްލަބު މޯލްޑިވްސް ކަޕް 2024 ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެ ސީޒަން ފެށުމުގެ ގޮތުން ކުޅުނު މެޗު ބައްލަވަލައްވާފިއެވެ.

ރޭ ރެހެންދި ސުކޫލު ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ ކްލަބު ވެމްކޯ އަދި ޖޯލި މޯލްޑިވްސްއެވެ. މި މެޗު ވެމްކޯ ޓީމް ކާމިޔާބުކުރީ 2، 1 ގެ ނަތީޖާއަކުންނެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ކްލަބު މޯލްޑިވްސް ސީޒަން ފެށުމުގެ ގޮތުން މެޗުކުޅުމަށް ބޭނުންކުރާ ބޯޅަ ރެފްރީންނާ ހަވާލުކޮށްދެއްވާފައެވެ. އަދި ވަނީ މޮޅުވި ޓީމަށް ޝީލްޑާއި މެޑަލްވެސް ހަވާލުކޮށްދެއްވާފައެވެ.