އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު, (32އ) ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

އައިޖިއެމްއެޗާ ހަވާލާދީ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރޭގެ ވަގުތެއްގައި އަމިއްލައަށް މަރުވާން އަތުހަރު މަސައްކަތް ކުރި އަތުހަރަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު 4:08 ހާއިރު މަރުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ 23 މިނެޓު ތެރޭގައި ފަރުވާ ދިނުމަށް އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. މިކަން ފުލުހުން ހާމަ ކުރީ ރޭ 19:42 ގަ އެވެ. އަތުހަރު ވެންޓިލޭޓަރުގައި އޮތްކަން ފުލުހުން ހާމަކުރީ ރޭގެ 21:57 ގައެވެ.

އެނާ މަރުވިއިރު އޭނާ އޮތީ ވެންޓިލޭޓަރުގައެވެ. މިހާދިސާގެ ތަހުގީގު ފުލުހުން ވަނީ ފަށައިފަ އެވެ.