ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ،
ފުލުހުން ބުނީ ގެއްލިން ހޯދަމުން ދަނީ އިންޑިއާ ރައްޔިތެއްކަމަށްވާ އައިޑީ މޮހަމެޑް ސެޚް (32އ) ކަމަށެވެ.
އަދި މޮހަމެޑް ސެޙް ވީނުވީއެއް ނޭގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2024 އޮގަސްޓް 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.