އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި މައްސަލައެއް ގައި ދެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވަނީ މިކަން ހާމަ ކުރައްވާފައިވަނީ މީޑިއާ ގްރޫޕަށް މިއަދު ފޮނުވި މެސެެޖެއްގައެވެ.

ފުލުހުން ބުނީ އެއީ އިއްޔެ ހަވީރު 4:05 ހާއިރު މާލެ ގެއެއްގެ ތެރޭގައި ހުރި މީހެއް އަތުން ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުނު މައްސަލަ ކަމަށެވެ. އަދި ބުނީ މި މައްސަލާގައި ހައްޔަރުކުރީ ކ. މާލެ, މ. ދާރުލްގަރާރު، އުމުރުން 30 އަހަރުގެ އިސްމާއިލް ވިޝާލް އާއި ބ. ދަރަވަންދޫ، ވިދުވަރު، އުމުރުން 32 އަހަރުގެ ހުސެއިން ސާއިފް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް އެ މީހުން އަތުން ފެނުނީ އިލެކްޓްރޯނިކް ކޮން ސާމާނުތަކެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.