ފުވައްމުލަކު ސިޓީން ކަނޑައިގެން ގޮސްފައިވާ ކަނދުފަތި ނަންބަރ :-514 އަލުން އަޅައިފިއެވެ.

މި ކަނދުފަތި އަޅައިފައިވަނީ ފުވައްމުލަކުގެ އިރުން 10 މޭލު ބޭރުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން ހުވަދު އަތޮޅުން ކަނޑައިގެންގޮސްފައިވާ ބައެއް ކަނދުފަތިތައް ވެސް ވަނީ އަލުން ގާއިމް ކޮށްފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް ކޮށްފައިވާ މަސް ކަނދުފަތިތަކުގެ ތެރެއިން ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އެޅުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.

މި ކަނދުފަތިތަކުގެ ސަބަބުން މަސްވެރިކަން ކުރުމަށް މަސްވެރިންނަށް ވަނީ އިންތިހާއަށް ފަސޭހަވެގެން ގޮސްފައެވެ.