ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ އިސް ބޭފުޅުން މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އަށް ޒިޔާރަތް ކުރައްވައި، އެ އިންސްޓިޓިއުޓް ރަޖިސްޓްރީކުރުމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި، އެންސީޕީއެލްއީ ރަޖިސްޓަރީކުރުމާއި، އެ މަރުކަޒުން ހިންގާ ޤައުމީ ފެންވަރުގެ އެޕްރެންޓިސްޝިޕް އަދި ތަމްރީނު ޕްރޮގްރާމްތައް ރަޖިސްޓަރީކުރުމުގެ އުސޫލުތަކާ ބެހޭ މަޢުލޫމާތު އެމްއެންއެސްޑީއޭއިން ހިއްސާކުރިއެވެ. އަދި، ދިވެހިރާއްޖޭގެ މަސައްކަތުގެ މާޙައުލުގައި ހުނަރުވެރިކަން އިތުރުކުރުމަށް ދެ އިދާރާއިން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

2022 ވަނަ އަހަރުން ފެށިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދަށުން ހިންގާ އެންސީޕީއެލްއީ އަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއަށް ނުކުންނަ މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ މަރުކަޒެކެވެ.