ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހާއި ގުޅިގެން ފުލުހުންގެ އުޅަނދުތައް ދައްކާލުމަށް މާލެ ސިޓީގައި އިއްޔެ ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެއްގަމާއި ކަނޑުގައި ފުލުހުން ބޭނުންކުރާ އުޅަނދުތަކާއި، ފުލުހުން ބޭނުންކުރާ ތަފާތު ޔުނީފޯމްތަކާއި އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ތަފާތު އާލާތްތައް ވަނީ އާންމުންނަށް ދައްކާލާފައެވެ. މީގެއިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގައި ހިމެނޭ ފްރަންޓްލައިން އޮފިސަރުންނާއި، ސްޕެޝަލް އޮޕަރޭޝަންސް، ކޭނައިން ސްކޮޑް، މެރިން ޕޮލިސް އަދި ސްވަޓް ފުލުހުންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.