މިއަހަރު މިހާތަނަށް ރާއްޖޭގައި 1،907 ޓްރެފިކް އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 431 އެކްސިޑެންޓް އިތުރު އަދަދެކެވެ. 2023 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް ރިކޯޑްކުރެވިފައިވަނީ 1،476 އެކްސިޑެންޓެވެ.

އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލެ ސަރަހައްދުގައެވެ. މީގެ ސަބަބުން 125 މީހުންނަށް އަނިޔާވެ، 5 މީހުން ނިޔާވެފައިވެއެވެ.

މިއަހަރު އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާރޗު މަހުގައެވެ. އެމަހު 301 އެކްސިޑެންޓް ރިޕޯޓްކުރެވިފައިވާކަމަށް ދައްކައެވެ. މި އެކްސިޑެންޓްތަކުގެ ތެރެއިން ގިނަ އަދަދެއްގެ އެކްސިޑެންޓްތައް ހިނގާފައިވަނީ މާލެ، ހުޅުމާލެ އަދި ސިނަމާލެ ބްރިޖުގައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގރ ރޭ މެންދަމު ހިނގި ނުރައްކާތެރި އެކްސިޑެންޓްއެއްގައި 23 އަހަރުގެ ޒުވާނަކުވަނީ ނިޔާވެފައިއެވެ. އޭނާ ނިޔާވީ ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ސްޕޯޓްސް ކާރަކާ ޖެހި ބޮލަށް ލިބުނު ނުރައްކާތެރި އަނިޔާތަކަކާ ގުޅިގެންނެވެ. އަދި މިއަދު ފަތިހު ސައިކަލަކާއި ކާރެއް ޖެހި އެހެން އެކްސިޑެންޓެއްވެސް ހިނގައި، ސައިކަލު ދުއްވި ފަރާތަށް ބޮޑެތި އަނިޔާތަކެއްވަނީ ވެފައެވެ.

އެކްސިޑެންޓްތަކުގެ އަދަދު އިތުރުވެ، އާންމުންގެ ކަންބޮޑުވުން ފާޅުކުޅުކުރަމުންދާތީ، ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ހިނގި އެކްސިޑެންޓާ ގުޅިގެން ވަގުތުން ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވެއެވެ.