މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ކުންފުނި ކަމަށްވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން މިކަން ހާމަކޮށްކުރައްވާފައިވަނީ އެ ކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
ސްޓެލްކޯއިން ވިދާޅުވީ އެ ސަރަހައްދުތަކުން ކަރަންޓު ކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކުރިއަށް ގެންދާތީ ކަމަށެވެ.
އެގޮތުން މާލެ ސިޓީ، އަމީނީ މަގު، އަމީނީ މަގު ހަނިގޯޅި، ތަބްރޭޒީ ހިނގުން އަދި ނިކަގަސް ހިނގުން ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 09:30 ން 12:00 ށް، އަދި ކޯރުކެނޑި ހިނގުން، ރައިވެރި ހިނގުން އަދި އަލަމާ ގޯޅި ހިމެނޭ ސަރަހުއްދުން މިއަދު މެންދުރުފަހު 14:00 ން 16:00 ށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް ސްޓްލެކޯއިން ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުމާލެ ފޭސް 1، ފްލެޓް 121 އިން ފްލެޓް 126 އަށް ހިމެނޭ ސަރަހައްދުންވެސް މިއަދު މެންދުރުފަހު 14:00 ން 15:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.
އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން ވަނީ މާފަށް އެދިވަޑައިގެންފައެވެ.