ސަރުކާރުން 5 މިލިޔަން ގަސް އިންދުމަށް ފަށާފައި ޕްރޮގްރާމުގެ ދަށުން ސްޓެލްކޯއިން އިއްޔެ 500 ރުއް އިންދައިފިއެވެ.

ސްޓެލްކޯއިން 500 ރުއް އިންދާފައި ވަނީ އދ.ފެންފުށީގައެވެ. ރުއް އިންދުމުގައި ފެންފުށީ ރައްޔިތުންނާއި އިދާރާތަކުން ސްޓެލްކޯއަށް ދިިން އެއްބާރުލުން ފާހަގަ ކުރައްވައި އެކުންފުނީގެ އެމްޑީ ހުސައިން ފަހުމީ ވަނީ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައި ވަނި 2028 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން 5 މިލިޔަން ގަސް މުޅި ރާއްޖޭގައި އިންދުމަށެވެ. މިލަނޑުދަނޑި ހާސިލް ކުރުމަށް ސްޓެލްކޯއިން ނިންމާފައި ވަނީ އެކުންފުނިން 500،000 ލައްކަ ގަސް އިންދުމަށެވެ.

ސްޓެލްކޯއިން މިއަހަރު ވަނީ ތުލުސްދޫގައިވެސް ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.