ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހްގީގަށް 4 މީހަކު ފުލުހަށް ހާޒިރުވުމަށް އެއިދާރާއިން އަންގައި އިއުލާނު ކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ އަދި ޑްރަގް ކޯޓުގެ ޝަރީއަތަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ފުލުހަށް ހާޒިރު ވުމަށް އަންގާފައި ވަނީ ކ. ގާފަރު / ހުދުވިލާ، ޝީޒާ އިސްމާއީލް (40އ) އާއި ގދ. ވާދޫ / އަތަމާގެ، އިޙުސާން އިބްރާހީމް (25އ) އެވެ. މީގެ ތެރެއިން ވަނީ ކ. ގާފަރު / ހުދުވިލާ، ޝީޒާ އިސްމާއީލް ހާޒިރު ކުރަނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށެވެ. އަދި ގދ. ވާދޫ / އަތަމާގެ، އިޙުސާން އިބްރާހީމް ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ ޑްރަގް ކޯޓުގެ ޝަރީއަތަށް ހާޒިރުކުރުމަށް ސުވާލުކުރުމަށެވެ.

ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ އަނެއް 2 މީހުންނަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ސުވާލުކުރުމަށް ގ. ޖޫތީގެ، ޙަސަން ނަޒީޙް (32އ)

އާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުންް ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ،

މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ސުވާލުކުރުމަށް ހދ. ނޭކުރެންދޫ / ސާޒް، ޢަބްދުﷲ ރިޝީފް (35އ) އެވެ.