ރޯޑް ޑެވެލޮޕަމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު އަދި އެ ކުންފުނީގެ އިސްވެރިން، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރ އިބްރާހީމް ނައުފަލް އަދި މ. މުލަކު ރަށު ކައުންސިލުގެ މެންބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މުލަކުގައި އާރްޑީސީއިން ހިންގާ މަޝްރޫޢުތަކާއި ގުޅޭ އަދާހަމަ ހިއްސާކޮށް މަޝްވަރާ ކުރެވިފައިވެއެވެ.

މުލަކުގައި އަރްޑީސީއިން މިވަގުތު ދަނީ އެރަށު އަމީނީމަގުގައި ކޯނަރ ކާރބު ޖެހުމުގެ މަސައްކަތާ އަލިކިލޭގެފާނު މަގުގައި ކާރބް ސްޓޯން ޖެހުމާއި ބެކް ފިލިންގގެ މަސައްކަތް ކުރަމުންކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައިއެވެ.

މުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މި މަޝްރޫއުއަކީ 2021 ވަނަ އަހަރު އާރްޑީސީއިން ހަވާާލުވި މަޝްރޫއުެކެވެ. މި މަޝްރޫއަށް 106،230،722 ރުފިޔާ ހަރަދުވާނެކަމަށް އާރްޑީސީއިން ވަނީ ހާމާކޮށްފައެވެ.