މަޝްހޫރު ވިޔަފާރި ވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ ދ.މީދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާއި މިދިޔަ އަޟްހާ އީދުގައި ބ.ކަމަދޫގެ ކުޅިވަރުތަކުން މަޝްހޫރުކަން ހޯދި އައިިމިނަތު ޒާރާގެ ކައިވެނި ޕާޓީ އަންނަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ކަމަދޫގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް އިތުބާރު ހުރި ގޮތަކަށް "ހަލި ނިއުސް" އަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖޭގެ މީޑިޔާގައި ވަރަށް ބޮޑަށް އަޑުކިޔާފައި މިކައިވެނި ކުރުމަށް ހަމަޖެހިިފައި ވަނީ ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ކަމަށާއި އެއަށްފަހު ސިޔާމްގެ "ސިޔާމް ވަރލްޑް" ރެޒޯޓުގައި ބޮޑު ހަފްލާއެއް ބޭއްވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް "ހަލި ނިއުސް" އަށް މައުލޫމާތު ލިބިފައިވެއެވެ.

ބ.ކަމަދޫ

އުމުރުން 21 އަހަރުގެ ޒާރާ އާއި ސިޔާމްގެ ކައިވެނީގެ ވާހަކަތައް ރާއްޖޭގެ މީޑިޔާގައި ވަރަށް ބާރަށް ދެކެވޭތަކާއި ދެމަހެއްހައި ދުވަސްވެފައިވާއިރު، ޒާރާ އާއި ޒާރާގެ އާއިލާގެ މެމްބަރުންނަށް ދައުވަތު ދީގެން ސިޔާމް ވަރލްޑަށް ގެންގޮސްފައިވެއެވެ. އަދި ސިޔާމްވެސް ކަމަދޫއަށް ވަޑައިގެން ޒާރާގެ އާއިލާއާ ބައްދަލު ކުރައްވާފައެވެ.

މީގެ އިތުރުން ސިޔާމް ވަނީ ވަރަށް ފުޅާދާއިރާއެއްގައި ކަމަދޫ ރައްޔިތުންނަށް ބޭސްފަރުވާގެ ސްކީމެއްވެސް ފައްޓަވާފައިކަން ފާހަގަ ކޮށްލެވެއެވެ.