ހ. ދޫހިމެރިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަލިފާން ރޯވީ ސޯސަން މަގު ކޮޅުގައި ހުރި ދޫހިމެރިގޭގައި ހިންގާ ގާމަގު ނަމަކަށް ކިޔާ ކެފޭގެ ބަދިގޭގައެވެ. ތިން ފަންގިފިިލާއަށް ހަދާފައިވާ އެ އިމާރާތުގެ މަތީ ފަންގިފިލާތައް ހަދާފައި ވަނީ ދަނގަޑު ޓިނުންނެވެ.
މި އަލިފާނުގެ ހާދިސާއާގުޅޭ ތަފްސީލް އެމްއެންޑީއެފުން އަދި ހާމަނުކުރައްވައެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވާ ވޯޑިއޯތަކުން ފެންނަގޮތުގައި އެގޭގައި ވަނީ ވަރަށް ބޮޑަށް އަލިފާން ހިފާފައެވެ. އަދި ދުންތައް މުޅި ސަރަހައްދަށް ފެތުރިފައިވެއެވެ.
މި ހާދިސާއާގުޅިގެބް މައުލޫމާތު ލިބިފައިވާ ގޮތުގައިގައި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.
ފުލުހުންނާއި ސިފައިން މިހާރުވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.