ފ.އަތޮޅު އެޑިޔުކޭޝަން ސެންޓަރުގެ ކެޑޭޓުންނަށް ހަތިޔާރު ހަވާލުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ ފ.އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި މިކަމަށް ޓަކައި ސެޕްޓެންބަރު 8 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

އަދި މި ރަސްމިއްޔާތުގައި، ކެޑޭޓުންނަށް ހަތިޔާރު ހަވާލުކުރާއިރު އަންގާ އެންގުން އިއްވައިދީ، އެ ކެޑޭޓުންނަށް ހަތިޔާރު ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ކޮމާންޑަރ، ފަސްޓް ލެފްޓިނެންޓް ސިއުޠް މުހައްމަދު ކަމަށްވެސް ފަރާތުން ބުނެފައިވެއެވެ.

މި ރަސްމިއްޔާތުގައި އެ ސްކޫލުގެ 30 ކެޑޭޓުންނަކަށް ވަނީ ހަތިޔާރު ހަވާލުކޮށްފައެވެ.