އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ދީނީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން މި މަހުގެ 15 ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި ބައްދަލުވުމަކީ ރާއްޖޭގައި ދީނީ ހަރަކާތްތައް ހިންގާ ޖަމްޢިއްޔާތައް ގުޅިގެން ދިވެހިރާއްޖޭގައި ދީނީ ދަޢުވަތުގެ ކަންކަން އެންމެ ކާމިޔާބު ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާއިމެދުގައި މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އޮންލައިންކޮށްވެސް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކޮށްފައިވާ އެހެން ޖަމިއްޔާތަކުންވެސް މި ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާޅާފައެވެ.

ދީނީ އެކި ކަންކަމުގައި މަސައްކަތްކުރާ ފަރާތްތަކާއެކު ވުޒާރާއިން އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. އެގޮތުން ޢިލްމުވެރިން އަހަރީ ބައްދަލުވުން ބާއްވާފައިވާއިރު، ޙައްޖާ ޢުމްރާއާއި ގުޅޭ އަހަރީ ބައްދަލުވުމާއި ޒަކާތާއި ގުޅޭ ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.