ރާއްޖޭގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން, ޗައިނާގެ މިނިސްޓަރ އޮފް ނޭޝަނަލް ޑިފެންސް, އެޑްމިރަލް ޑޮންގ ޖުންއާ ބައްދަލުކުރައްވައިފިއެވެ.

ދިފާއީ ވަޒީރު ޣައްސާން މައުމޫން، ޗައިނާގެ މިނިސްޓަރ އޮފް ނޭޝަނަލް ޑިފެންސް, އެޑްމިރަލް ޑޮންގ ޖުންއާ ބައްދަލު ކުރެއްވީ މިހާރު ޗައިނާގައި ކުރިއަށްދާ "11 ވަނަ ބެއިޖިންގ ޝިއަންގޝަން ފޯރަމް" ގެ ހަވާސާގައެވެ.

ދިފާއީ ވަޒީރު ޣައްސާން މައުމޫން، ޗައިނާގެ މިނިސްޓަރ އޮފް ނޭޝަނަލް ޑިފެންސް, އެޑްމިރަލް ޑޮންގ ޖުންއާ ބައްދަލު ކުރެއްވައި ދެއްކެވި ވާހަކަފުޅުގައި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.