ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުުހުން ރޭ މީޑިއާތަކަށް ކުރި މެސެޖެއްގައި ބުނީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ހިނގާފައިވަނީ ސައުތު ސެންޓްރަލް ޕޮލިސް ހިމެނޭ ސަރަހައްދުގެ ރަށެއްގައި ކަމަށާއި އަދި އެ ސަރަހައްދުގައި ހިމެނެނީ މ، ފ، ދ، ތ އަދި ލ އަތޮޅު ކަމަށެވެ.

ބައެއް މަސްދަރުތަކުގައިވާ ގޮތު އެގައި އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ 15 އަހަރުގެ ފިރިހެން ކުއްޖެކެވެ.

މިފަދަ މައްސަލައެއް މެދު ދެކުނުގެ ރަށަކުން ރިޕޯޓުކޮށްފައިވާ ކަމާއި، ސޯޝަލް މިނިސްޓްރީ އާ ގުޅިގެން މެދު ދެކުނުގެ ފުލުހުންގެ އިދާރާ އިން އެ މައްސަލަ ތަހްގީގުކުރަމުންދާ ކަމުގެ މައުލޫމާތު ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.