ގޭތެރޭގައި ބަހައްޓާ ގަސްތަކުން ގޯތިތެރެ ރީތިކުރުމުގެ އިތުރުން ޞިއްޙަތަށް ވެސް ވަރަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ. މިގޮތުން، ހާބްލިސްޓް ނުވަތަ ބޭސްތެރިކަމުގެ ގަސްގަހާގެހީގެ ތަޖުރިބާކާރު، ލޯރެން ހޭންސް އަދި ގަސްގަހާގެހީގެ އެކިއެކި ޢިލްމުވެރިން ވަނީ ޝިފާދޭ އަދި ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭ އެތައް ގަހެއް ގޭގައި ހެއްދުމަށް ލަފާދީފައެވެ.
އަލޯވެރާ: ހަމުގެ މައްސަލަތަކަށް ފަރުވާ ދިނުމަށް މަޝްހޫރު އަލޯވެރާގެ ބޭނުން ކުރެވޭނެއެވެ. އެލޯވީރާއަކީ ހަޖަމުކުރުމުގެ ނަޒާމަށްވެސް ފައިދާ ކުރާއެއްޗެކެވެ.
ޖިއައޯގުލަން: "ސްވީޓް ޓީ ވައިން" ގެ ނަމުންވެސް މަޝްހޫރު މި ގަހަކީ ބަޓާނާގެ ބާވަތެކެވެ. މި ގަހުން ސިކުނޑީގެ މަސައްކަތް ރަނގަޅުކުރެއެވެ. މީގެ ފަތްތަކުން ގިންސެނޯސައިޑްސްއިން މުއްސަނދި ސިއްޙީ ސައެއް ހެދޭނެއެވެ. ގިންސެނޯސައިޑްސްއިންއަކީ ސެލްތަކުގެ ސިއްހަތަށް ވަރަށް ރަނގަޅު އެއްޗެކެވެ.
ލަވެންޑަރ: މީގެ މީރުވަހުން ހިތްހަމަޖެހުން ލިއްބައިދީ ހާސްކަން ދައްކޮއްދެއެވެ. އަދި މިއީ އިންފިއުޝަންތައް ހެދުމަށާއި ފޮނި ކާނާގައި ބޭނުންކުރުމަށް މަޝްހޫރު ގަހެކެވެ.
ކުދީނާ: މިއީ ގިނަ ކަންކަމަށް ބޭނުންކުރެވޭ ފަތެކެވެ. ކުދީނާ ނުވަތަ މިންޓް ހަޖަމުކުރުމަށް އެހީވެދެއެވެ. އަދި ބަނޑުގައި ވައި އުފެދުމާއި ކަރުގައި ރިއްސުން ކުޑަކުރުމަށްވެސް އެހީވެދެއެވެ. މިންޓްއަކީ ފަސޭހައިން ފެތުރޭ ގަހަކަށްވާތީ ޕޮޓުތަކުގައި ހެއްދުން މުހިންމެވެ.
ލެމަން ބާމް: މި މީރުވަސްދުވާ ގަހުން ސްޓްރެސް މަދުކޮއްދީ، ނިދުމަށް އެހީވެދެއެވެ. މިއީ އާންމުކޮށް ސައިގައި ސަލަޑުގައި ބޭނުންކުރާ ގަހެކެވެ.
މުރަނގަ ފަތް: އެންޓިއޮކްސިޑެންޓްސް، ވިޓަމިންތަކާއި މިނަރަލްސްއިން މުއްސަނދި މުރަނގަ ފަތް ނުވަތަ މޮރިންގާ ގޭތެރޭގައި ހެއްދިދާނެއެވެ. މިއީ ދުޅަހެޔޮކަމަށް 'ސުޕަރފުޑެއް' ގެ ގޮތުގައި ބެލެވޭ ގަހެކެވެ.
އޯރިގާނޯ: ޕިއްޒާ ޓޮޕިންގައި ބޭނުންކުރުމުގެ އިތުރުން އޯރިގާނޯއިން ހަޖަމުކުރުމަށް އެހީވެދެއެވެ. އަދި މިއީ އަވި ގިނައިން ލިބޭ ތަނެއްގައި ފަސޭހައިން ހެއްދޭނެ ގަހެކެވެ.
ރޯޒްމެރީ: ވައިގެ މައްސަލަތަކާއި ކާއެއްޖެހީގެ ރަހަމީރުކުރުމަށް މަޝްހޫރު ރޯޒްމެރީއަކީ ހޫނު އަދި އަވި ގިނައިން ލިބޭ ތަންތަނުގައި ފަސޭހައިން ހެދޭ ގަހެކެވެ.
ތައިމް: ފަސޭހައިން ހެއްދޭ ތައިމްއަކީ ޒަމާނުއްސުރެ ރޯގާ ފަދަ ބަލިތަކަށް ބޭނުންކުރަމުން އައިސްފައިވާ ގަހެކެވެ. މިއީ ސައިގައި އަދި އެކި ކާނާގައި ކައްކާއިރު މީރުކުރުމަށް ބޭނުންކުރާ ގަހެކެވެ.
މި ގަސްތަކަކީ ހަމައެކަނި ގެ ޒީނަތްތެރިކުރުމަށް ބޭނުންކުރެވޭނެ ގަސްތަކެއްނޫނެވެ. މިއީ ގޭގައި، މުޅި އާއިލާއަށް ޞިއްޙީ ފައިދާތައް ލިއްބައިދޭ ޤުދުރަތީ ފަރުވާތަކެއް ހޯދައިދޭ ގަސްތަކެކެވެ.