ތ. ތިމަރަފުށި ސަލްވާ، ފާތިމަތު ޝަހުދާ (30 އ.) އަނެއްކާވެސް ތޫނު އެއްޗަކުން ހަމަލާދިނުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

މީގެ ކުރިންވެސް އެނާއަކީ މިފަދަ އެތައް މައްސަލައެއްގައި ތުހުމަތުކުރެވިފައިވާ މީހެކެވެ. އަދި ޝަހުދާގެ މައްޗަށް ދީނަށް ފުރައްސާރަކުރުމާއި މުދަލަށް ގެއްލުންދިނުން ފަދަ އެތައް ތުހުމަތުތަކެއް ކުރުމުގެ އިތުރުން ތިމަރަފުށީގެ ރައްޔިތުން ނުކުމެ އޭނާއާ ދެކޮޅަށް މުޒާހަރާވެސް ކުރިން ކޮށްފާވެއެވެ.

މީގެ އަހަރެއްހާ ދުވަސްކުރިންވެސް އޭނާ ވަނީ މާލޭގައި ފޯނު ވިއްކާ ތަނަކަށް ވަދެ ސޭޓެއްގެ ކަރަށް ވަޅި ހަރާފައެވެ. އަދި ކްރިިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައިވާ ގޮތުން މި ފަހަރުވެސް ޝަހުދާ ހައްޔަރު ކުރީ މީހަކަށް ކަޓަރުން ކަމަށް ބެލެވޭ އެއްޗަކުން ހަމަލާ ދީގެން ކަމަށެވެ. ނަމަވެސް ޝަހުދާ ވަނީ މި ތުހުމަތަށް އިންކާރުކޮށްފައި ކަމަަށްވެސް އެ ބަޔާނުގައި ބުނެފައިވެެއެވެ.

މި މައްސަލައާ ގުޅިގެން ޝަހުދާ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.