އިހަވަންދޫ ކައުންސިލުން ބޭއްވުމަށް ނިންމާފައިވާ "އިހަވަންދޫ ކައުންސިލް ކަޕް ވޮލީ ބޯޅަ މުބާރާތް 2024" 2024 އޮކްޓޫބަރ 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބަރާތަކީ ރަށުގެ ޒުވާނުންނަށް ޚާއްޞަކުރެވިގެން ބާއްވާ މުބާރާތެއް ކަމަށްވާތީ، މިމުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި އިހަވަންދޫ އަށް ނިސްބަތްވާ ޓީމްތަކަށް އެކަނި ކަމުގައި އެކައުންސިލުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން 25 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހެޅުމަށް ކައުންސިލުން އެދިލައްވައެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.office.com/r/8DMG2KDFes?origin=lprLink