ކުންފުނިތަކުގެ ބޯޑް ޑައިރެކްޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގަން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ނިންމައިފިއެވެ. ލިސްޓެޑް ކުންފުނިތަކާއި، އަދި ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ބޯޑް ޑައިރެކްޓަރުންނާއި މިދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ، މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ، 5 ނޮވެމްބަރ 2024 އިން 7 ނޮވެމްބަރ 2024 ގެ ނިޔަލަށެވެ. ކިޔަވާ ދެއްވާނީ ކަމުގެ އިލްމީ އަދި ތަޖުރިބާ ލިބިފައިވާ ބޭފުޅުންނެވެ. ކިޔެވުން އޮންނާނީ ބަންދު ނޫން ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

ބައިވެރިވާން އެދިވަޑިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުމަށް އެފަރާތުން އެދިލައްވައެވެ. އިތުރު މަޢުލޫމާތު 7923151 އާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ