ދިވެހިރާއްޖެއިން، ކުވައިތު ސައިންސް ކްލަބް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިނިސްޓރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ކުރި އިޢުލާނެއްގައިވަނީ، މި މައުރަޒަކީ، ޖެނީވާ އިންޓަރނޭޝަނަލް އާއި ގުޅިގެން ކުރިޔަށް ގެންދާ މައުރަޒެއް ކަމަށާއި، މި މަރުކަޒު ކުރިޔަށް ދާނީ، 16-19 ފެބްރުއަރީ 2025 ނިޔަލަށް، ކުވައިތުގައި ކަމަށެވެ.
ސަރުކާރުގެ އޮފީސް ތަކާއި، ސައިންސް އިދާރާ ތަކާއި، ބައިނަލް އަޤްވާމީ އަދި އަމިއްލަ އޮފީސްތަކާއި، ވަކި ވަކި ފަރުދުންނަށް ވެސް މި މައުރަޒްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައިވާ ކަމަށް އެމިނިސްޓްީން މަޢުލޫމާތު ދެއްވިއެވެ. މި މަޢުރަޒުގައި ބައިވެރި ވުމަށް ކަނޑައަޅާފައިވާ މިންގަނޑު ތަކަކީ،
- ސްޓޭންޑެޑް ރެޖިސްޓްރޭޝަން ފީ: 1،000 ޑޮލަރު (1 ޖުލައި 2024 -31 ޑިސެމްބަރ 2024)
- ލޭޓް ރެޖިސްޓްރޭޝަން ފީ : 1،250 ޑޮލަރު (1 ޖެނުއަރީ 2025 – 15 ޖެނުއަރީ 2025)
- އެޕްލިކޭޝަން ހުށައެޅުމުގެ އެންމެ ފަހު ތާރިޚް : 15 ޖެނުއަރީ 2025
އެޕްލިކޭޝަން ފީގެ ތެރޭގައި ހިމެނެނީ:
- ވިސާ
- އުފެއްދުމާއި ބެހޭ އިންގިރޭސި އަދި އަރަބި ތަޢާރަފެއް' މައުރަޒްގެ ބުކްލެޓެއްގެ ގޮތުގައި ބައިވެރިންނަށް އަދި ހާޒިރިންނަށް ދެވޭނެއެވެ.
- (M²2x2 ޕޮއިންޓް) ކަރަންޓާއި އެކު ބޫތު ރިޒަރވް
- އުފެއްދުން ތަމްސީލް ކުރުމަށް މޭޒަކާއި ގޮނޑިއެއް
- 5 ރޭ، ހެނދުނުގެ ނާސްތާ އެކު 4-5 ތަރީގެ ހޮޓަލް ރިޒަވޭޝަން
- އެއަރޕޯރޓް އިން ހޮޓަލަށް ދަތުރުގެ އިންތިޒާމް ހަމަޖައްސައި ދިނުން
- ޓްއަރިސްޓް އަދި ތާރީޚީ ސައިޓް އަށް ޒިޔާރަތް ކުރުން
އެހެން ކަމުން ދިވެހިރާއްޖެއިން މި މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިންކޮށް ރެޖިސްޓަރ ވުމަށް www.ifme.com ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް އީމެއިލް ފޮނުއްވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ.
މި މައުރަޒޮގެ ބައިވެރިންގެ ތެރެއިން އެންމެ މޮޅު އުފެއްދުމެއް ހުށަހަޅާ ފަރާތަކަށް، އިނާމެއްގެ ގޮތުގައި 50،000 ޑޮލަރު ދޭ ގޮތަށްވަނީ ހަމަޖެހިފައިއެވެ.