ޑޮކްޓަރ އަފްރާޝީމްގެ ހަނދާނުގައި، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލުން ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، 17 އޮކްޓޯބަރ 2024 ގައި ކަމަށެވެ.

މުބާރާތުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 އޮކްޓޫބަރ 8 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން ފޯމް ފުރިހަމަކުރެއްވުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށެވެ. ނުވަތަ ކައުނސިލްގެ އިދާރާއަށް މެއިލް ކޮށްދެއްވުމަށެވެ. [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.