ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ނޫރު ދަމަހައްޓަވައި އިސްލާމީ ހިދާޔަތު ފެތުރުއްވުމާއި އެ ކަންކަމުގައި އެހީތެރިވެދެެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަދު ދިވެހިރާއްޖޭގައި ޤާއިމްވެފައި މި އޮތް ސަރުކާރަކީ އިސްލާމްދީނުގެ ކަންކަމަށް ހުރުމަތްތެރިކޮށް ހިތާ، އަދި ދީނާ ގުޅިންހުރި ކަންކަން ދިވެހިރާއްޖޭގައި ނަގަހައްޓައި ދެމެހެއްޓުމަށް ވަރަށް މުހިއްމު އިސްކަމެެއް ދެއްވާ ސަރުކާރެއްކަމަށެވެ.
މީގެ އިތުރަށް ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ ނޫރު ދަމަހައްޓައި އިސްލާމްދީނުގެ ހިދާޔަތު ފެތުރެއްވުމަށް ޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެހީތެރިވެދެއްވުމަކީ ރައީސް ޑރ. މުޢިއްޒު ވަރަށް އިސްކަން ދެއްވާ ކަމެއްކަމަށާއި، ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްކަށް ވުޒާރާގެ ފަރާތުން މާލީ ގޮތުންނާއި، އެހެނިގެން ގޮތްގޮތުން ވެސް އެހީތެރިކަން ދެއްވާނެކަމަށެވެ.
މިއަދު ފެށި ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމަކީ ދީނީ އިޖުތިމާޢީ ކަންކަމުގައި ވުޒާރާއާއި ޖަމްޢިއްޔާތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި 70 ވަރަކަށް ޖަމުޢިއްޔާ ވަނީ ބައިވެރިވެފައެވެ.
މަޢުލޫމާތު: https://sarukaaru.gov.mv/articles/3944
އިސްލާމްދީނުގެ ނޫރުދަމަހައްޓަން ދެއްތޯ އެހާގިނަ ދޮގު ހަދަނީ ތިބޭފުޅާ ތިވިދާޅުވާ ނޫރަކީ ދޮގާ މަކަރާ ހިީލަތް ދެއްތޯ؟ މާތްކަލާކޯ އެވަށްތަރުގެ ނޫރު ބޭނުމެއްނުވޭ މިޤަވްމަކަށް