ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް، މި ދަތުރުފުޅަކީ 2021 ފެބުރުވަރީ މަހުގެ 20 އިން 25 އަށް ޔޫއޭއީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން" އާއި "ނޭވަލް ޑިފެންސް އެގްޒިބިޝަން" ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއީ ޗީފް އޮފް ސްޓާފް އޮފް ދަ ޔޫއޭއީ އާމްޑް ފޯސަސް ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.