ބެލީޒްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ފްރާންސިސް ފޮންސެކާ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‏‎ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަމިއްލަ ނަމުގައި، ބެލީޒްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮއެދުންތައް، ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ފޮނުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް މެސެޖްގައި ފާހަގަ ކޮށްފައި ވެއެވެ.

ދިވެހިރާއްޖެއާއި ބެލީޒް އަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމު ކަމުގައިވާތީ، މިފަދަ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމަށްޓަކައި، ބައިނަލްއަޤްވާމީ މައިދާނުގައި ބެލީޒް އާއި ރާއްޖެއާ ދެމެދު އޮންނަ އެއްބާރުލުން އިތުރަށް ބަދަހިވެގެންދާނެކަން ޔަގީން ކުރައްވާ ކަމަށެވެ.

‏‎އަދި މި ފުރުސަތުގައި މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި ބެލީޒް ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ.

‏‎އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އަރުވަމެވެ."

މަޢުލޫމާތު:https://sarukaaru.gov.mv/articles/4202