މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު ބަންގާޅު މޮޅުވާން ދަނިކޮށް ކެޕްޓަން މުޙައްމަދު އިލާން އިމްރާން ކާމިޔާބުކުރި ލަނޑުން 1-1 އިން އެއްވަރުކޮށް ރާއްޖެއިން ޕޮއިންޓެއް ހޯދައިފިއެވެ.

ބޫޓާނުގެ ޗަންގްލިމިތަންގް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ބަންގާޅުން ލަނޑު ޖަހައި ލީޑް ނެގީ 49 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ އެމްޑީ މުރްސެދު އަލީ އެވެ. އެކަމަކު ރާއްޖޭގެ އުއްމީދުތަކާ ގުޅިފައި ހުރި ފޯވާޑް އިލާން މެޗު ނިމެން ގާތްގަނޑަކަށް 11 މިނެޓަށް ވެފައި ވަނިކޮށް ކާމިިޔާބު ކުރި ލަނޑުން އެއްވަރު ކުރީއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރާއްޖޭގެ ކީޕަރު ހަސަން މާހިލް ނާސިރެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ރާއްޖޭގެ ކީޕަރު ހަސަން މާހިލް ނާސިރު. ފޮޓޯ: ސިޑިބަރި

މިއީ ގްރޫޕުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗެވެ. މިގްރޫޕުގައި ދެން ހިމެނެނީ އިންޑިޔާއެވެ.

އިންޑިއާއިން ވަނީ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން 0-1 އިން މޮޅުވެފައެވެ. ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާނީ އަންނަ އަންގާރަ ދުވަހެވެ. މި މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުންވެސް ދެ ގައުމެވެ. އިންޑިޔާ ކައިރީގައި ރަނގަޅު ނަތީޖާއެއް ހޯދައިގެން ސެމީފައިނަލުން ފުރުސަތު ހޯދުމުގެ އަމިއްލަ ބާރު ރާއްޖެއަށް އެބައޮތެވެ.