ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ރާއްޖޭގެ ދެކުނު ސަރަހައްދުގެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރަށުގެ ރައްޔިތުންނަށް ކަނެކްޓިވިޓީ އާއި އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ މެދު ނުކެނޑި ކުރަމުންނެވެ.

މިގޮތުން ތ. ތިމަރަފުށި، ގއ. ވިލިނގިލި އަދި ގދ. ގައްދޫގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި އެބަ ކުރިއައްދެއެވެ.

ތ. ތިމަރަފުށްޓަށް ބަލާލާއިރު، މިވަގުތު އާރްޑީސީއިން ދަނީ އެރަށު ސޯސަން މަގުގައި ހޮޅި އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، އެ މަގުގެ އެކްސްކަވޭޝަން އަދި ބެކް ފިލިންގ ގެ މަސައްކަތްވެސް އާރްޑީސީއިން ދަނީ ކުރަމުންނެވެ.

އާރްޑީސީއިން މިހާރު ދަނީ ގއ. ވިލިނގިލީގެ މަގުތަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އިބްރާހިމީ މަގުގައި ސްޓޯރމް ވޯޓަރ ޓޭންކް ބެހެއްޓުމާއި ހޮޅިއެޅުމުގެ މަސައްކަތުގެ އިތުރުން އެމަގުގެ ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް އާރްޑީސީއިން ދަނީ ކުރަމުންނެވެ. އަދި ވައިޖެހޭމަގުގައި ކޭބަލް ޖަންކްޝަން ހުރަސް ހޮޅި އެޅުމުގެ މަސައްކަތާއި އެމަގު ސްޓޯރމް ވޯޓަރ ހޮޅި އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ގދ. ގައްދޫގައި ޝާރިއުލް އަމީން މަގުގައި މިވަގުތަ އާރްޑީސީއިން ދަނީ ކޭބަލް ޖަންކްޝަން ކާސްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ވަތަބަނޑޭރި މަގުގައި ކޭބަލް ޖަންކްޝަން ކާސްޓް ކުރުމުގެ މަސައްކަތާއި އެމަގުގެ ސްޓެލްމަންޓް ޓޭންކްގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

އާރްޑީސީން އަންނަނީ މާލެގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް އެކި މަސައްކަތްތައްކޮށް މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންނެވެ.